މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އެހީގެ ފައިސާ ދިނުމަށް އަލުން އިޢުލާން ކުރުން

އިޢުލާން

 

ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އެހީގެ ފައިސާ ދިނުމަށް އަލުން އިޢުލާން ކުރުން

  1. ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ ދިނުމުގެ ބޭނުމުގައި މި މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)22-E/22/2020/55 އިން ކުރި އިޢުލާނަށް ކުރިމަތިލި ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވޭލުއޭޓްކުރިއިރު އެހީލިބޭ ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީއާއި، ވީހާވެސް ގިނަ ފަރާތްތަކަކަށް މި އެހީ ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ބޭނުންވާތީ އެ އިޢުލާން ބާތިލްކޮށް މިކަމަށް އެދި ހުށައެޅުމަށް އަލުން އިޢުލާން ކުރަމެވެ.
  2. ކޯވިޑް-19 އާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު "ޕްރީސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް" ގައި ބަޔާންކޮށްފައިވާނެއެވެ. މި އުސޫލާއި އެހީއަށްއެދި ހުށަހަޅާ ފޯރމް މިމިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  3. ފައިސާގެ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން އެކަމަށްއެދި ހުށަހަޅާ ފޯމް (ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު) ފުރިހަމަ ކުރުމަށްފަހު (ހުށަހަޅަންޖެހޭ ލިސްޓްތައް ސޮޕްޓް އަދި ޕީ.ޑީ.އެފް ފޯމެޓްގައި) 2020 ސެޕްޓެންބަރު 8 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް[email protected] ފޮނުވުން އެދެމެވެ.
  4. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އީމެއިލް ނުވަތަ ފޯން ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ޕޮލިސީ ޕްލޭނިންގ އެންޑް ރިސާރޗް ޑިވިޜަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 7838201/ 7745484

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

13 މުޙައްރަމް 1442

01 ސެޕްޓެންބަރު 2020
ހޯދާ