މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރެއްގެ މަޤާމަށް މީހަކު ހޯދުން

އިޢުލާން

                                                             ނަންބަރ:IUL)307/INDIV/2020/54)

 

މަޤާމް:  ޑްރައިވަރ
ދުއްވަންޖެހޭ އުޅަނދުގެ ބާވަތް: 

ޓަނަށް ވުރެ ދަށުގެ މުދާ އުފުލާގޮތަށް ހުންނަ ޓަރައިސައިކަލް. 

2 ޓަނާއި 3 ޓަނާއި ދެމެދުގެ މުދާއުފުލާ ޕިކަޕް.

ބޭނުންވާ ޢަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ވަގުތީ (6 މަސް ދުވަސް) 
ވަޒީފާ އަދާކުރަން ޖެހޭ ތަން:   މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ (ރ.އިންނަމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު) 
އަސާސީ މުސާރަ: 

4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް ރުފިޔާ)

ސާރވިސް އެލެވެންސް:   1500.00 (އެންހާސް ފަސްސަތޭކަ ރުފިޔާ)  
ހާޞިރީ އެލަވަންސް:   75.00 ރުފިޔާ (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް) 
މަސައްކަތް ކުރަންޖެހޭ ގަޑި:   ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 13:00 އިން ހަވީރު 17:00 އަށް. 
އިތުރު ޢިނާޔަތްތައް:   ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.  (އިތުރު ގަޑީގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 50 ރުފިޔާ). 
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:   

1. ރަށު ފެންވަރުގައި  ކުނިމެނޭޖްކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން ބޭނުންކުރަމުންދާ ވެހިކަލް ދުއްވުމާއި، ވެހިކަލް މަރާމާތުކުރުން.

2. ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން ކުނިކޮށްޓަށް ގެނެވޭ އެންމެހާ ކުނިތައް ވަކިކުރުމަށް ލޭބަރުންނަށް އަންގާ އެމަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން.

3. ކުނިކޮށީގެ ހާލަތު ބަލައި ކައުންސިލަށް މަޢުލޫމާތު ހިއްސާކުރުން.

4. ކައުންސިލުން އަންގާ ގޮތެއްގެމަތިން ކުނިތައް ނައްތާލުމުގެ މަސައްކަތް ލޭބަރުން ލައްވާ ކުރުވުން.

5. ކުނި އުފުލުމަށް ބޭނުންކުރާ ވެހިކަލްގެ އެންމެހާ ކަންކަން ކައުންސިލްގެ ފަރާތުން އަންގާ ގޮތެއްގެ މަތިން ކުރުން.

6. ކުނި އުފުލާ ވެހިކަލް ގަވައިދުން ދޮވެ ސާފުކުރުމަށް ލޭބަރުންނަށް އަންގާ އެމަސައްކަތް މޮނިޓަރ ކުރުން.

7. މަސައްކަތުގެ ދާއިރާއިން ކައުންސިލްގެ ފަރާތުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:  

1ލިޔަންކިޔަން އެނގުން.

2. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ: C2 އަދި C3 އޮންނަ ފަރާތަކަށް ވުން.

3. ދިވެއްސަކު ކަމުގައިވުން.

4. އުމުރުން 55 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:  

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމްއިންނަމާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.) 

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

1. ލިބިފައިވާ ތަޢުލީމް.

2. މަސައްކަތުގެ ދާއިރާގެ ތަޖުރިބާ.

3. ލިބިފައިވާ އިތުރު ހުނަރުތައް (އިންޓަވިއު).

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 ސެޕްޓެމްބަރ 2020 އާއި 17 ސެޕްޓެމްބަރ 2020 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގައެވެ. 
ޝޯޓް ލިސްޓްކުރުން:   މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580052 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected], [email protected]  އަށެވެ. 

  

31 އޮގަސްޓް 2020
ހޯދާ