މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ސަޕްލައިކޮށްދޭނެ ދެފަރާތެއް ބޭނުން ވެއްޖެ!

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1- މުޙްޔިއްދީން ސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފޮތި ސަޕްލައި ކޮށްދިނުމަށް  ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  30 އޮގަސްޓް އިން 15 ސެޕްޓެންބަރު 2020 އަށް ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ).

3- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ 15 ސެޕްޓެންބަރު ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވާ އެޕޮއިންޓްމެންޓް ހެއްދެވުން އެދެމެވެ.

4- ބީލަން ހުޅުވުން އޮންނާނީ 16 ސެޕްޓެންބަރު 2020 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

5- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙްޔިއްދީން ސްކޫލް

މާލެ

ފޯން: 7552792

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected] 

 

12 މުޙައްރަމް 1442

31 އޮގަސްޓް  2020

31 އޮގަސްޓް 2020
ހޯދާ