ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވައިލެޓް 13،6،5،4 ކިޔުނު 4 ހުސް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ.

އިރުމަތީ ފަރާތު ބަނދަރު ސަރަޙައްދުގައި އޮތް 4 ހުސްބިން ކުއްޔަށް ދޫކުރުމަށް ކުރި މި އިދާރާގެ ނަމްބަރު (IUL)251-EDSS/251/2019/117 (3 ޑިސެންބަރު 2019) އިޢުލާނާއި ގުޅިގެން ބިން ކުއްޔަށް ހިފުމަށް އެދި ބިޑް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅުއްވައިގެން ބިން ލިބުނު ފަރާތްތަކުން، މަތީގައި ދަންނަވާފައިވާ އިޢުލާނާއެކު ޢާއްމު ކުރި ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތީން ދެވުނު މުއްދަތުގައި ބިން ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ޙާޟިރު ވެފައިނުވާތީ މި އިދާރާގެ ނަމްބަރު (IUL)251-EDSS/251/2019/117 (3 ޑިސެންބަރު 2019) އިޢުލާނު ބާޠިލް ކޮށްފީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

31 އޮގަސްޓް 2020
ހޯދާ