މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޖަމްޢިއްޔާތަކުން ބާއްވާ ބައްދަލުވުންތަކާއި، އަހަރީ ޢާއްމު ޖަލްސާތަކާއި ގުޅޭ

                      އިޢުލާން

މިމިނިސްޓްރީގެ ނަންބަރު  IUL)141-CE/141/2020/154) ( އ17 މާރިޗު 2020 ) އިޢުލާނާއި ޙަވާވާދީ ދަންނަވަމެވެ.

ކޮވިޑް-19 އާއިގުޅިގެން ދިވެހިރާއްޖޭގައި އިޢުލާން ކުރެވިފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތައް މިހާރު ދެވިފައިވާ ލުއިތަކާއި ގުޅިގެން ޖަމްޢިއްޔާ ތަކުގެ މަސައްކަތްތައް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިޔުމުގެ ގޮތުން، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިބިދޭ ބާރުތަކުގެތެރެއިން އަންނަނިވި ކަންކަމަށް ސުންގަޑިއަކަށް 30 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ކަމުގައި ހަމަޖައްސައިފީމެވެ.

1) ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން.

2) ޖަމްޢިއްޔާތަކުގެ މުއްދަތު ހަމަވެފައިވާ ހިންގާ ކޮމެޓީތައް އަލުން އިންތިޚާބު ކުރުމަށްފަހު ހުށަހެޅުން.

           ޖަމްޢިއްޔާތަކުން ބާއްވާ ބައްދަލުވުންތަކާއި، އަހަރީ ޢާއްމު ޖަލްސާތައް އެޗް.ޕީ.އޭ އިން އަންގަވާފައިވާ ގައިދުރުކަމުގެ އުޞޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް މި ފުރުޞަތުގައިވެސް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި އޮންލައިންކޮށް މީޓިންގތައް ކުރިއަށް ގެންދިޔުން އެދެވިގެންވާކަމަށް ދަންނަވަމެވެ. މިގޮތުން ކުރިއަށް ގެންދަވާ ބައްދަލުވުން ތަކުގެ ޔައުމިއްޔާތައް ފުރިހަމަކުރެއްވުމަށްވެސް ދަންނަވަމެވެ.

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމާއި، ލިޔެކިޔުންތައް ފޮނުއްވުމަށް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނަންބަރު  3330808 އަށް ކަމުގައިވެސް ދަންނަވަމެވެ.

30 އޮގަސްޓް 2020
ހޯދާ