މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަގާމުތައް:

މަޤާމް:

 ރޭކްމަން

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

  • މުސާރަ: 8080/- (އެލަވަންސް ތަކާއިއެކު)
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭ ތަން

  • ކުންްފުނިން ކަނޑައަޅާ ޕްރޮޖެކްޓް ސައިޓެއްގައި

ޝަރުޠު                 

  • މަގާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނިން ހިންގާ މަގުހެދުމުގެ ޕްރޮޖެކްޓްތަކުގެ ތާރަ އެޅުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

މަޤާމް:

ޕޭވަރ އޮޕަރޭޓަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

  • މުސާރަ: 8080/- (އެލަވަންސް ތަކާއިއެކު)
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭ ތަން

  • އެމްޓީސީސީ ޕްރޮޖެކްސްޓް ސައިޓް

ޝަރުޠު                 

  • މަގާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނިން ހިންގާ މަގު ހެދުމުގެ ޕްރޮޖެކްޓްތަކުގެ ތާރަ އެޅުމުގެ މަސައްކަތްކުރުން.
  • މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަންށް ބޭނުންވާ މަގާމުތައް

މަޤާމް:

އެނިމޭޓަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

  • 10،100ރ (އެލަވަންސް ތަކާއިއެކު)
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 2،640.ރ ނުވަތަ
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 1،320.ރ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒީފާ އަދާކުރަންޖެހޭ ތަން

  • އެމްޓީސީސީ ޓަވަރ

ޝަރުޠު                 

  • ބެޗްލާސްގެ ޑިގްރީ އިން އެނިމޭޝަން، ފައިން ޢާޓްސް، ގްރެފިކް ޑިޒައިންގ ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ތައުލީމް ހަސިލްކޮށްފައިވުން
  • ނުވަތަ ގުޅޭދާއިރާއެއްގައި މަދުވެގެން 03 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރާއި ޑެޑްލައިނަށް ކަންކަން ނިންމާ އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި ހުނަރު ލިބިފައިވުން. 
    •  އެޑޯބީ، ވީޑިއޯ، 3ޑީ އެނިމޭޝަން އަދި ޑިޒައިން ޕެކޭޖްތަކައް ފަރިތަވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުންޏަށް ބޭނުންވާ އެކިއެކި ކަންކަމުގަައާއި  ޕްރޮޑަކްޓްސް އަދި ސަރވިސްތަކުގެ ޕްރޮމޯޝަނަލްކަންކަމަށް ބޭނުންވާ އެނިމޭޓް ޑިޒައިންތައް ތައްޔާރުކުރުން.
  • މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ފައިނޭންސް ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

  އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:           

  • 02

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)

ޖުމްލަ މުސާރަ އާއި އިނާޔަތްތައް:        

  • މުސާރަ:    6500/- (އެލަވަންސް ތަކާއިއެކު)
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 2،200ރ ނުވަތަ
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 1,100 ރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީ ޓަވަރ

ޝަރުޠު:                 

  • ޖީ.ސީ.އީ އޯ ލެވެލް އެކައުންޓްސް ހިމެނޭގޮތަށް މަދުވެގެން 06 މާއްދާއިން ފާސްވެފައިވުން.
  • އިގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޮސޮފްޓް އް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކުންފުނީގެ އެކައުންޓްސް ޕޭޔަބަލްސް މެނޭޖްކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން.
  • މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ލޮޖިސްޓިކްސް ޑިވިޜަނަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

ޑޮމެސްޓިކް ޓަގް އޮޕަރޭޓަރ

ބޭނުންވާ އަދަދު:           

  • 03

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 7،600 ރ (އެލަވަންސް ތަކާއިއެކު)
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޓަގުގައި ހުރުމާއި ކެއުން.
  • ދަތުރު އެލަވަންސް
  • ޕެންޝަން ސްކީމް

ޝަރުޠު                 

  • ޓަގު ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް E,F ކެޓަގަރީ)
  • އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކަސްޓަމަރުންނަށް އިހުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގައި ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި ކަމާބެހޭ އެންމެހާ ޤާނޫނުތަކާއި، ޤަވާޢިދުތައް އަދި މަސައްކަތުގެ މިންގަނޑުތަކާއި އެއްގޮތަށް ފަޅުވެރިންނާއި، މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

މަޤާމް:

ސީނިއަރ ޓަގް އޮޕަރޭޓަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 9400ރ (އެލަވަންސް ތަކާއިއެކު)
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޓަގުގައި ހުރުމާއި ކެއުން.
  • ދަތުރު އެލަވަންސް
  • ޕެންޝަން ސްކީމް

ޝަރުޠު                 

  • ޓަގު ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް E,F , ކެޓަގަރީ)
  •  ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކަސްޓަމަރުންނަށް އިހުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގައި ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި ކަމާބެހޭ އެންމެހާ ޤާނޫނުތަކާއި، ޤަވާޢިދުތައް އަދި މަސައްކަތުގެ މިންގަނޑުތަކާއި އެއްގޮތަށް ފަޅުވެރިންނާއި، މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  04 ސެޕްޓެމްބަރ ން 10 ސެޕްޓެންބަރު 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 03 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149 

   

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

31 އޮގަސްޓް 2020

31 އޮގަސްޓް 2020
ހޯދާ