އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި ކުރަމުންދާ މަސައްކަތާއި ގުޅޭ

އިޢުލާން

 އައްޑޫގެ އެކި އަވަށްތަކާއި އެއަވަށްތަކާއި ގުޅިފައިވާ ގޮޑުދޮށްތައް ކުނިކަހައި ސާފުކޮށް ބޭއްވުމަށްޓަކައި ޖަމިއްޔާ ޖަމާޢަތްތަކާއި އައްޑޫގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަކީ ކައުންސިލުން އަބަދުވެސް ތަރުހީބުދޭ އަދި އެކަމަށް ބާރުއަޅާ ކަންތައްތަކެކެވެ. އެހެންނަމަވެސް ފަހަކަށްއައިސް މިއިދާރާގެ ހުއްދަނެތި އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުން ފަދަ މަސައްކަތް ކުރަމުންގެންދާކަން މި އިދާރާއަށް ފާހަނގަކުރެވިފައިވެއެވެ. ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ޤާނުނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންކަމެވެ. އެހެންކަމުން މިފަދަ މަސައްކަތް ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ދަންނަވަމެވެ.

 

މީގެ އިތުރުން، ފޭދޫ ހިއްކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިޤްތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތައްކެއްކޮށް ފަހުގެ މަރުހަލާގައިވާ ތަނެކެވެ. އެ ސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމަކަށް ވާތީ މި ސަރަޙައްދު ބޭނުންކޮށްގެން އެފަދަ މަސައްކަތް ނުކުރުމަށް ދަންނަވަމެވެ.

 

މި އެންގުމާ ޙިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު  2010/7 (ދިވެހިރާއްޖޭގެ ޢިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 140 ވަނަ މާއްދާ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމަވެ.

 

08 މުޙައްރަމް  1442

27 އޮގަސްޓް 2020
ހޯދާ