މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
މެލޭޝިއާއަށް ކިޔަވަންދާ ކުދިން އެންޓްރީ ވިސާ ނެގުމާގުޅޭ

މެލޭޝިއާގެ އިމިގްރޭޝަން ގަވާއިދަށް ގެންނެވި ބަދަލަކާގުޅިގެން ސުޓޫޑެންޓު ވިސާ އެޕްރޫވަލް ލެޓަރ ލިބުމުން އެންޓްރީ ވިސާ ނަގަން ޖެހޭ ގޮތަށް އެޤައުމުގެ އިމިގްރޭޝަން އޮތޯރިޓީ އިން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހަމަޖެއްސެވި ހަމަޖެއްސެވުން ބަދަލުކުރައްވައި ދިވެހި ކިޔަވާކުދިން އެންޓްރީ ވިސާ ނަގަން ނުޖެހޭގޮތަށް އެފަރާތުން ހަމަޖައްސަވައިފިއެވެ. އެހެންކަމުން މިއަދުން ފެށިގެން މެލޭޝިއާއަށް ކިޔަވަންދާ ކުދިން އެންޓްރީ ވިސާ ނަގަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.

‏‏17‏ ޖުމާދަލްއާޚިރާ ‏1435

17 އޭޕްރިލް 2014
ހޯދާ