އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދޫ ބަހާއުއްދީނުމަގުގެ ޕޭވްމެންޓްގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ

އިޢުލާން 

ހުޅުދޫ ބަހާއުއްދީނުމަގުގެ ޕޭވްމެންޓްގައި ބްލޮކް ޖެއްސުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އިން ދަނީ ކުރަމުންނެވެ. މިމަސައްކަތް ކުރިއަށް ދާއިރު ޕޭވްމެންޓްމަތީގައި ތަކެތި ބަހައްޓާފައި ހުރުމުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިވާކަމަށް އެފަރާތުން ވަނީ ދަންނަވާފައެވެ.

ވީމާ، ހުޅުދޫ ބަހާއުއްދީނުމަގުގެ ޕޭވްމެންޓް މަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް، އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގަމެވެ.

26 އޮގަސްޓް 2020
ހޯދާ