ދިވެހިރާއްޖެ
ނަންބަރު:IUL)297/297/2020/39)
އިޢުލާން
ވެލިދޫ ކައުންސިލް އިދާރާގެ ކަރަންޓް ވައިރިންގ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިއިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ގެންނަވަންވާނެއެވެ.
މިއިއުލާނާ ގުޅިގެން މިއިދާރާއިން ކުރެވުނު ނަންބަރު:IUL)297/297/2020/31) އިއުލާނާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވެފައިނުވާތީ އެއިއުލާންވަނީ ބާޠިލްކުރެވިފައެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
80% |
|
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
10% |
|
( Submitted years of experience / Benchmark years ) x Allocated Percentage |
މުއްދަތު |
10% |
|
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
7 މުޙައްރަމް 1442
25 އޮގަސްޓް 2020