މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ ފުޓްސަލްދަނޑުގެ ފެންސް ސަޕޯޓް ޖެހުމާއި ބެހޭ

މިކައުންސިލާއި، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން ތަރައްޤީކޮށްފައިވާ މ.މަޑުއްވަރީ ފުޓްސަލްދަނޑުގެ ފެންސް އިތުރަށް ވަރުގަދަކުރުމަށް ފެންސް ސަޕޯޓް ޖެހުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތަކުން މަސައްކަތުގެ މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.   

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

27 އޮގަސްޓް 2020، ބުރާސްފަތި

13:30

ކައުންސިލް އިދާރާގައި

ބީލަން ހުށަހެޅުން

03 ސެޕްޓެމްބަރ 2020، ބުރާސްފަތި

13:30

ކައުންސިލް އިދާރާގައި

 

މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމަށްފަހު ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކޮށްފައި ނުވާ އެއްވެސް ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދުރުވަންވާނީ އައިޑީކާޑު ހިއްޕަވައިގެންނެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " މ.މަޑުއްވަރީ ފުޓްސަލްދަނޑުގެ ފެންސް ސަޕޯޓް ޖެހުމުގެ މަސައްކަތްކުރުމަށް ހުށަހަޅާ އަންދާސީ ހިސާބާއި ކަމާއި ގުޅޭ ލިޔުންތައް '' މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅުއްވަން ދުރުވާއިރު ގެންނަންވާ ލިޔުންތަކުގެ މަޢުލޫމާތު ، މަޢުލޫމާތު ސާފުކުރުމަށް ދުރުވުމުން ހަވާލުކުރާ ލިޔުމުގައި ހިމެނިފައި އޮންނާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ                      

25 އޮގަސްޓް 2020
ހޯދާ