ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

ނަންބަރ:R-2020/52

 

އިޢުލާން

މި ކުންފުނީގެ މި ދަންނަވާ ޖެން ސެޓް ސައިލެންސަރު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

މި ނީލަން ފެށޭ އަގަކީ 5,000.00ރ(ފަސްހާސް) ރުފިޔާ އެވެ. ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00ރ (ފަސްސަތޭކަ) ރުފިޔާ އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 26 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ12:30  ށް މި ކުންފުންޏަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯ ކޮޕީއާއިއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު 31 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 12:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި ޖެން ސެޓް ސައިލެންސަރު ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 3338365 ފޯނާ ގުޅުއްވުން އެދެމެވެ.

                                          3 މުޙައްރަމް 1442

24 އޮގަސްޓް 2020
ހޯދާ