އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަ ހޯދުމަކާއި ނުލައި އާންމު ތަންތަނުގައި ކާބޯތަކެތި ވިއްކުމާއި ގާޑިޔާގައި ވިޔަފާރިކުރުމާއި ގުޅޭ

އިޢުލާން

އައްޑޫ ސިޓީގެ ބައެއް ސަރަޙައްދުތަކުގައި ހުއްދަ ނުހޯދައި ވިޔަފާރި ރަޖިސްޓަރީ ނުކޮށް ކާބޯ ތަކެތި ވިއްކުމާއި ގާޑިޔާ ބާއްވައިގެން ވިޔަފާރި ކުރަމުން ދާކަން ވަނީ ފާހަނގަވެފައެވެ. ވިޔަފާރި ރަޖިސްޓަރީ ނުކޮށް ކާބޯ ތަކެތި ވިއްކުމާއި ގާޑިޔާ ބާއްވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މަނާކަމެކެވެ. 

ހުއްދަ ހޯދުމަކާއި ނުލައި ހިންގާ މިފަދަ މުޢާމަލާތްތައް ހުއްޓުވުމުގެ ގޮތުން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 41 ވަނަ މާއްދާގެ (ޓ) އަދި (ޔ) އާއި ދަށުން، ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައި ދަންނަވަމަވެ.

ވީމާ، ހުއްދަ ހޯދުމަކާއި ނުލައި ކާބޯތަކެތި ވިއްކުމާއި ގާޑިޔާ ހިންގުން ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން އެކަން ހުއްޓަވާލެއްވުމަށް ޢާންމުކޮށް އަންގާ އިޢުލާން ކުރަމަވެ.

04 މުޙައްރަމް  1442

23 އޮގަސްޓް 2020
ހޯދާ