އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭޗަރ ޕާކްގެ އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަޙައްދުން ކަޅުފަސް ނެގުމާއި ގުޅޭ

އިޢުލާން

އައްޑޫ ސިޓީ ނޭޗާރ ޕާކުގެ ޢީދިގަލި ކިޅި އަދި ކޯއްޓޭ ހިމެނޭ ސަރަޙައްދުން ޤަވާޢިދާއި ޚިލާފަށް ކަޅުފަހާއި އަކިރި އަދި ދޮންވެލި ނެގުމާއި ފަޅު ތެރޭގައި ދާ އަޅައިގެން ޤަވާޢިދާ ޚިލާފަށް މަސް ހިފާކަމުގެ ޝަކުވާ ޢާންމު ރައްޔިތުންނާއި ކަމާއި ގުޅުން ހުރި އިދާރާތަކުން ކައުންސިލަށް ހުށަހަޅަމުން ދާތީ ދަންނަވަމެވެ.

ހުއްދަ ހޯދުމަކާއި ނުލައި ހިންގާ މިފަދަ މުޢާމަލާތްތައް ހުއްޓުވުމުގެ ގޮތުން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޓ) އަދި (ޔ) އާއި 40 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި ޤަވާޢިދު ނަންބަރު 2019/R-980 (ތިމާވެށި ޙިމާޔަތްކުރުމާއި ބެހޭ ޤާވާޢިދު) ގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައި ދަންނަވަމަވެ.

ވީމާ، މިފަދަ ޢަމަލުތައް ހިންގަވާ ފަރާތްތަކުން މިކަންކަން ހުއްޓަވާލެއްވުމަށް ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

04 މުޙައްރަމް  1442

23 އޮގަސްޓް 2020
ހޯދާ