ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް
ކުނި މެނޭޖް ކުރާ މަރުކަޒު ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ދިއުމަށް އަލަށް ކަނޑާ މަގުގައި ހުރި ( 1 ން 27 އަށް އޮރެންޖް ކުލައިގެ ސްޕްރޭއިން ނަމްބަރުޖަހާފައިވާ ) 27 ރުކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ރުއްތަކުގެ ވެރިފަރާތުން 09 ސެޕްޓެންބަރ 2020 ވާ ބުދަ ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން ރުކުގައި ޖަހާފައިވާ ނަމްބަރު އެނގޭގޮތަށް ލިއުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި ވެރިފަރާތެއް ނުވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސްކަމުގައި ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
23 އޮގަސްޓް 2020
ހޯދާ