ދިވެހިރާއްޖެ
އިޢުލާނު
މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 01 ޑެސްކްޓޮޕް ސަރވަރ ގަތުމަށް ބޭނުންވެއެވެ.
މަޢުލޫމާތު ސާފުކުރުން
ތާރީޚް: 03 ސެޕްޓެންބަރު 2020 ( ބުރާސްފަތި)
ގަޑި: 11:00
އަންދާސީ ހިސާބު ހުށަހެޅުން
1 ތާރީޚް: 13 ސެޕްޓެންބަރު 2020 (އާދިއްތަ )
ގަޑި: 13:00
ބައެއް މުހިންމު ކަންކަން:
- ކޮވިޑް-19 އާއި ގުޅިގެން ގިނަ ފަރާތްތަކެއް އެއްތަނަކަށް އެއްވުމަކީ ރައްކާތެރިކަމަކަށް ނުވާތީ މައުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އެތަނެއް ތަމްސީލު ކުރައްވާ ފަރާތަކުން 1 ފަރާތަށެވެ.
- އަގު ހުށަހަޅުއްވަން ވާނީ ޖީއެސްޓީ ހިމަނުއްވައިގެންނެވެ.
- ޕްރޮޕޯސަލް އާއިއެކު ސްޕެސިފިކޭޝަން ހުށަހަޅުއްވަންވާނެއެވެ.
ހުށަހަޅަން ޖެހޭ ތަކެތި:
1. އިޢުލާންގައި ދެންނެވިފައިވާ ފަދަ މަސައްކަތެއް އެއްވެސް ފަރާތަކަށް ކޮށްދެއްވާފައިވާނަމަ އެމަސައްކަތެއް ފުރިހަމަކޮށްފައިވާ ގޮތާއި ބެހޭގޮތުން އެފަރާތަކުން ދީފައިވާ ލިޔުން އެފަރާތެއްގެ ލެޓަރހެޑްގައި؛
2. އިޢުލާންގައި ދެންނެވިފައިވާފަދަ މަސައްކަތެއް ކޮށްދެއްވޭނެ މާލީ ޤާބިލްކަން ހުރިކަމުގެ ލިޔުން،( ބޭންކް ސްޓޭޓްމަންޓް ނުވަތަ އެކައުންޓްސް ސްޓޭޓްމަންޓް )؛
3. ކުންފުންޏެއް ނަމަ ކުންފުނި ރަޖިސްޓްރީގެ ފޮޓޯ ކޮޕީއެއް ( އަސްލާއެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ ކޮޕީއަކާއި އަހަރީ ފީ ދެއްކި ސްލިޕްގެ ފޮޓޯ ކޮޕީއެއް )؛
4. އަމިއްލަ ފަރާތެއް ނަމަ އެފަރާތެއްގެ މުއްދަތު ހަމަނުވާ ނެޝަނަލް އައިޑީ ކާޑުގެ ފޮޓޯ ކޮޕީއެއް ( އައިޑީ ކާޑުގެ ފޮޓޯ ސާފުވުން )
5. އަންދާސީ ހިސާބު.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލް:
- އަގަށް: 40 މާކްސް
- މުއްދަތަށް: 10 މާކްސް
- ތަޖްރިބާ އަށް: 30 މާކްސް
- މާލީ ޤާބިލް ކަމަށް: 20 މާކްސް
ވަޑައިގަންނަވަން ޖެހޭ ތަނުގެ މައުލޫމާތު:
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ގ.ބިއްލޫރިޖެހިގ/ މަޖީދީމަގު
3 ވަނަ ފަންގިފިލާ
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3433333 /3334327 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected]އަށެވެ.
29 ޛުލްޙިއްޖާ 1441
19 އޮގަސްޓް 2020