ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާއަތްތެރިކަމުގެ ކޯސް ހިންގުމާއި ގުޅޭ

ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ފުވައްމުލަކު ސިޓީގެ ގޮފިން ޖަމާޢަތްތެރިކަމުގެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައިއެވެ. މިކޯހުގެ މުއްދަތަކީ 15 ދުވަހެވެ. އަދި މި ކޯސް ފުރިހަމަ ކުރައްވާ ފަރާތްތަކަށް ކޯސް ފުރިހަމަ ކުރެއްވިކަމުގެ ހަނދާނީ ލިޔުމެއް ދެވޭނެއެވެ. 

 މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތަކުން 03 ސެޕްޓެމްބަރ 2020 ގެ 14:00 ކުރިން މިއިދާރާ އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ލިބިވަޑައިގަންނަވާނީ މިއިދާރާގެ ކައުންޓަރުންނެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް 7984243 މިނަންބަރަށް ގުޅުއްވުން އެދެމެވެ.

19 އޮގަސްޓް 2020
ހޯދާ