ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
ބ. ކެންދޫ މަޤާމުފުޅު އިހު ހުރި ގޮތަށް މަރާމާތުކޮށް މި ބިނާ އިތުރަށް ވަރުގަދަ (ރީއެންފޯސް) ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)222-F/INDIV/2020/24 (09 ޖުލައި 2020) އިޢުލާން އެކަށީގެންވާ ފަރާތެއް ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާތިލުކޮށް 3 ވަނަ ފަހަރަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި ބ. ކެންދޫ ކައުންސިލްގެ އިދާރާ |
އާދިއްތަ |
30 އޮގަސްޓް 2020 |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި ބ. ކެންދޫ ކައުންސިލްގެ އިދާރާ |
އާދިއްތަ |
06 ސެޕްޓެމްބަރ 2020 |
10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ނޯޓް: މި އިޢުލާނާ ގުޅޭ ބިޑް ޑޮކިއުމަންޓް އެޓޭޗް ކުރެވިފައިވާނެއެވެ.
01 މުޙައްރަމް 1442
19 އޮގަސްޓް 2020