ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ (ކޮންޓްރެކްޓް)

އިޢުލާން

 

މަޤާމް

ޕްރޮޖެކްޓް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމްގެ ނަންބަރ

-

ބޭނުންވާ ޢަދަދު

1 (އެކެއް )

މަޤާމްގެ ގިންތި

ކޮންޓްރެކްޓް (1 އަހަރު)

މަޤާމްގެ ރޭންކް

MS 1

މަޤާމްގެ ކްލެސިފިކޭޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

-  ޓެކްނިކަލް ކޯ އެލަވަންސްއަށް މުސާރައިގެ %28 ލިބޭނެއެވެ. 

މަސްއޫލިއްޔަތުތަކާއި ވާޖިބު ތައް

1-  ފުވައްމުލަކުގައި ހިންގުމަށް ރޭވިފައިވާ އަދި ހިގަމުންދާ ބޮޑެތި މަޝްރޫޢުތައް ކައުންސިލުގެ ފަރާތުން މޮނިޓަރ ކުރުމާއި، އެފަދަ މަޝްރޫޢުތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓާއި މަޢުލޫމާތު ފޮނުވުން.

2-  އަތޮޅު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިޔަށް އޮތް އަހަރުގެ ބަޖެޓްގައި ހިމަނަން ބޭނުންވާ ޕްރޮޖެކެޓްތަކާއި ޕްރޮގްރާމްތަކާއި ޕީ އެސް އައި ޕީ އަށް ކުރަންޖެހޭ ޕްރޮޖެކެޓްތަކުގެ ތަފްޞީލް އަގު ހަދާ ޖުލައި މަހުގެ ނިޔަލަށް ބަޖެޓް ސެކްޝަނަށް ފޮނުވުން.

3- ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ތައްޔާރު ކުރަންޖެހޭ ކުރެހުން ތައްޔާރުކުރުމާޢި މަސައްކަތުގެ ތަފްސީލް ބީއޯކިއު ތައްޔާރުކޮށް މަސައްކަތް ކުރިޔައް ދާނެގޮތް ޑިޒައިންކުރުން.

4-  ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިނގާގޮތް ބަލަހައްޓާ، ދޭންޖެހޭ އިރުޝާދުތައް ދިނުމާއި މަސައްކަތްތަކުގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރުމާއެކު މުޅި ޕްރޮޖެކްޓް މެނޭޖްކުރުން.

5-   ކައުންސިލުން ހިންގާ ޕޮރޮޖެކްޓްތައް ނިމުމުން ޕްރޮޖެކްޓް ހިގާދިޔަގޮތުގެ ރިޕޯޓްތައްޔާރުކުރުމާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން.

6-ފުވައްމުލަކުން މިހާރު ދޫކޮށްފައިވާ ބިންތަކުގެ މިންތައް އެނގޭނެ ގޮތަށް ސްކެޗް ތައްޔާރުކުރުމާއި ބްލޮކްތައް ވަކިން އެގޭނެ ގޮތައް ކުރަހައި އަޕްޑޭޓް ކުރަމުން ގެންދިޔުން

7-  އިދާރާ އިން ކުރާ އެންމެހާ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

8 - ޚާއްޞަ ޙާލަތްތަކާ ގުޅިގެން ދިމާވާ ކަންތައްތައްކުރުން

މަޤާމުގެ ޝަރުޠު:

އާކިޓެކްޗަރ ނުވަތަ ސިވިލް އިންޖިނިއަރިންގއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)  
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5.  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

    6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

    7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.           

މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެތަޖުރިބާ
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު
  • އަދި އިންޓަރވިއު

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 އޮގަސްޓް 2020 އާއި 03 ސެޕްޓެމްބަރ 2020 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލްގައެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޮގަސްޓް 2020 ގެ 14:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް   [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އަދި އިދާރާޣެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ

މިއިދާރާގެ ފޯން ނަންބަރ 6862831، 6862835, ފެކްސް: 6860958

އީމެއިލް: [email protected]    

16 އޮގަސްޓް 2020
ހޯދާ