މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު –މިސްކިތު މަސައްކަތު

މުވައްޒަފަކު ބޭނުން ވެއްޖެއެވެ.

މަޤާމު:

މަސައްކަތު

ބޭނުންވާ ޢަދަދު:

3 (ތިނެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:

އެސް.އެސް 1

އޮފީސް / އިދާރާ:

މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް:

އިކޮނޮމިކް،ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މީދޫގެ މިސްކިތް

މަޤާމުގެ މުސާރައާއި

ސާރވިސް އެލަވަންސް:

އެހެނިހެން އެލަވަންސް:

3100.00 (ތިންހާސް އެއްސަތޭކަ) ރުފިޔާ މަހަކު

 

1000.00 (އެއްހާސް) ރުފިޔާ މަހަކު

 

ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ  

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1200.00 (ބާރަ ސަތޭކަ) ރުފިޔާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ،ވާޖިބުތައް

 

 

 

 

 

 

 

 

 

މަޤާމުގެ ޝަރުޠުތައް:

1. މިސްކިތާއި ގޯތިތެރޭގައިވާ އެންމެހައި ޢިމާރާތްތައް ފޮޅާ ސާފުކޮށް އެތަންތަނަށް ލިބޭ ގެއްލުންތައް އިމާމުންނަށް ހުށަހެޅުން.

2. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްގަހަށް ފެންދީ ގަސްގަސް ކޮށާ ބެލެހެއްޓުން. 

3. މިސްކިތުގެ ގޯތިތެރެއާއި، ވަށައިގެންވާ މަގުތައް ސާފުކޮށް އުފެދޭ ކުނި ރަށުގައި ކުނި ނައްތާލުމަށް އޮންނަ އުޞޫލުތަކާއި އެއްގޮތަށް ނައްތާލުން.

4. މިސްކިތުގެ ފާޚާނާތަކާއި ވުޟޫލުކުރާ އިސްކުރުބަރި ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ކުރިން ސާފުކުރުން.

5.  މިސްކިތުގެ ވަޅު ދިޔަހިއްކާ ބެލެހެއްޓުން.

6. މިސްކިތުގައިވާ ފަންކާތަކާއި، ދިއްލުންތައް އެވަގުތަކަށް ބޭނުންވާ ވަރަށް އޮންކުރުމާއި އޮފްކުރުން. އަދި ބައުވެ ހަލާކުވެގެން ބަދަލު ކުރަންޖެހޭ މިފަދަ ތަކެތި އިމާމްގެ ބެއްލެވުމުގެ ދަށުން ބަދަލުކުރުން.

7. މިސްކިތުގެ ވަށާފާރު ސާފުކޮށް ބެލެހެއްޓުން.

 

 

1. ލިޔަންކިޔަން އެގުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ޤާބިލްކަން ލިބިފައިވުން.

ނޯޓު: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބުސައިޓުންނާއި، މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)

3.  ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.  

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.       

1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއަދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

2. ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓު ލިބިފައިވާނަމަ އެސެޓްފިކެޓުގެ ކޮޕީ.

3. މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސަރވިސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކުރިވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖްރިބާ، އަދި މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިްލްކަމާއި ސިފަތައް. (މަޤާމަށް ޢައްޔަނުކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމުލަ %35 އަށް ވުރެ މަތިވުން.)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގަޑި ކުރިން މާޅޮސްމަޑުލު އުތުބުރީ މީދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފައަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]       މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.     

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 30 އޮގަސްޓް 2020 އާއި 03 ސެޕްޓެމްބަރު  2020 އާ ދެމެދު ، ރ.މީދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތި ލައްވާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. (އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް ހާޒިރުވާން ޖެހޭ ތާރީޚާއި ގަޑި ލިޔުމުން އެންގޭނެއެވެ.)

ޝޯޓުލިސްޓުކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖްރިބާއަށް ބަލައި ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓުލިސްޓު ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު A2ފޯމް ޢާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިނޓް ލިބުނު ގޮތުގެ ޝީޓު (A2)ފޯމް" ޢާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑްގައި  ޢާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް ޢާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަން ވާނެއެވެ.

ނޯޓު:

  • މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6580020 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580020 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

18 އޮގަސްޓް 2020
ހޯދާ