މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ކަންމުޑި ޖަހާ ރަޖިސްޓްރީކޮށް ދިނުމާއިބެހޭ

އިޢްލާން

ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ކަންމުޑި ޖަހާ ރަޖިސްޓްރީކޮށް ދިނުމާއިބެހޭ

                  ދިރިއުޅުމަށްޓަކައި މިހާތަނަށް މިރަށުން ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރޭގައި ތަފާތު އެކިއެކި ސަބަބުތަކާއިހުރެ އިންވަކި ނުކުރެވި ނުވަތަ ކަންމުޑި ނުޖެހި އަދި ރަޖިސްޓްރީ ނުކުރެވޭ ވަރަށް ގިނަ ގޯތިތައް އެބަހުއްޓެވެ. އެހެންކަމުން އެފަދަ ގޯތިތަކުގެ އިންވަކިކޮށް ކަންމުޑި ޖަހާދިނުމަށްފަހު، ރަޖިސްޓްރީކޮށް ދިނުމުގެ ޚާއްޞަ ކެމްޕޭނެއް ކައުންސިލުން ކުރިއަށް ގެންދަން ޤަސްތުކުރާތީ، މިހާތަނަށް އިންވަކި ނުކުރެވި ނުވަތަ ކަންމުޑި ނުޖެހި އަދި ރަޖިސްޓްރީ ނުކުރެވޭ ގޯތިތަކުގެ ވެރިން 25 އޯގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ގޯތި ރަޖިސްޓްރީކޮށް ދިނުމަށް އެދި ތިރީގައި ބަޔާންކުރާ ތަކެއްޗާއިއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

1. ފުރިހަމަކޮށްފައިވާ ގޯތި ރަޖިސްޓްރީކޮށްދޭ ފޯމު

2. ގޯތީގެ ވެރިފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

3. -/5ރ. 01 ރެވެނިއު ސްޓޭމްޕް

4. ގޯތީގެ ވަގުތީ ރަޖިސްޓްރީގެ އަޞްލު

5. ގޯތީގެ ވެރިފަރާތުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެފަރާތެއްގެ މަޢުލޫމާތާއި، ގޯތީގެ އިންވަކިކޮށް ކަންމުޑި ޖަހާ ރަޖިސްޓްރީ ކުރުމާއިބެހޭ ގޮތުން ނިންމަންޖެހޭ އެންމެހާ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ގޯތީގެ ވެރިފަރާތުން ބަދަލުގައި ފޮނުއްވާ ފަރާތަށް ދީފައިވާކަން ބަޔާންކޮށްފައިވާ ލިޔުން އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

18 އޮގަސްޓް 2020
ހޯދާ