މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މަސައްކަތު މީހުން ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކުރުން

 

މިކައުންސިލްގެ އުޞޫލު ނަންބަރު 2020/1 ރ.މަޑުއްވަރީއަށް ބިދޭސީން ގެނައުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލުގައިވާ ގޮތުގެ މަތިން ރަށުގައި ދިރިއުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު 2020 އޮގަސްޓު 25 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

އެހެންކަމުން، ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތު މީހުންނާއި ޙަވާލުވާން ބޭނުންވާ ފަރާތްތަކުން ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ ފޯމު ފުރިހަމަކުރުމަށްފަހު 2020 އޮގަސްޓު 25 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މިތާރީޚުގެ ފަހުން ރަޖިސްޓްރީނުކޮށް ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތުމީހުން ރަށުން ފޮނުވާލުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                     

18 އޮގަސްޓު 2020

18 އޮގަސްޓް 2020
ހޯދާ