ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ނެގުމާއި ގުޅާ

 

 

c

 

                                  

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް

           ގދ.ފަރެސްމާތޮޑާ

             ދިވެހިރާއްޖެ،

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރު: Q8C-A/2020/02

ތާރީޚް: 11 އޮގަސްޓް 2020

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: GS3

ޢަދަދު:

01

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް1

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ހުވަދުއަތޮޅުދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ އަސާސީ މުސާރަ މަހަކު:

-/4465(ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅޮސް ފަސް) ރުފިޔާ

އެލަވަންސްއާއި އިތުރުގަޑި:

  • ސަރވިސް އެލަވަންސް: -/1500 ރުފިޔާ
  • ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %25
  • ލިވިންގް އެލަވަންސް : 2550/- ރުފިޔާ
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުތު:

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙަނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

އެހެނިހެން ޝަރުޠު:

  • ވަޒީފާއަށް އެދި ހުށަހަޅާ އިރު، މީލާދީ ގޮތުން ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ މީހާކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބެ ޢުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ނަންބަރުގައި ބަޔާންކޮށްފައިވާ ޢާއިލީ ގާތްކަމެއް ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓްގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޯޓަށް ހުށަހެޅޭ ޝަރުޢީ މައްސަލަތައް ކޭސް މެނޭޖްމަންޓަށް އެ މައްސަލަތައް އެންޓްރީކޮށް މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާ ބެލެހެއްޓުން.
  • މައްސަލަތަކާއި ގުޅިގެން މައްސަލައާގުޅުން ހުރި ފަރާތްތަކަށް ދޫކުރަންޖެހޭ ޝަރުޢީ ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި، ރިޕޯޓްތައް ދޫކުރުން.
  • ކޯޓަށްވަންނަ އެންމެހާ ލިޔުންތައް ބަލައިގަނެ އެންޓްރީކޮށް ބެލެހެއްޓުން.
  • ޖިނާޢީ މައްސަލަތަކުގައި ލިޔަންޖެހޭ އޯޑިއޯ / ވީޑިއޯ ބަޔާންތަކާއި، އޯޑިއޯ / ވީޑިއޯ ޓްރާންސް ކްރިޕްޓް ލިޔެ ބެލެހެއްޓުން.
  • ބަޔާންނެގޭ ފަރާތްތަކުގެ ބަޔާން ޓައިޕްކުރުމާއި ބަޔާންތަކުގައި ސޮއިކުރުވުމާއި އަންގާ އެންގުންތައް އެފަރާތްތަކަށް އެންގުން.
  • ކޯޓަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ކޯޓް ޢަމުރުތައް ތައްޔާރުކުރުން.
  • ޝަރީޢަތުގެ މަޖްލިސް ތައްޔާރުކޮށް ބެލެހެއްޓުމާއި، ޝަރީޢަތުގެ މަޖްލިސްގައި ލިޔަންޖެހޭ ލިޔުންތައް ލިޔެ ތައްޔާރުކުރުން.
  • ކޯޓްގެ ސްޓޮކްބަކީ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމާއި، ސްޓޮކަށް ތަކެތި ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތީން ހޯދާ.
  • ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ މެސެޖް، ސިޓީ، ރިޕޯޓްފަދަ ލިޔުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެތަކެތި ރައްކާކޮށް ބެލެހެއްޓުން.
  • ކޯޓަށް ހުށަހެޅޭ ކައިވެނިތަކުގައި ގޭގައިކުރާ ކާވެނިގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔުންތައް ޤަވާޢިދުން ފުރިހަމަކޮށް ބެލެހެއްޓުން.
  •  ދުވަހުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކޮށް ބެލެހެއްޓުން.
  • ކޯޓްގެ ތަފާސްހިސާބަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ބެލެހެއްޓުން.
  • ކޯޓްގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  • ފައިސާއާއި ގުޅުންހުރި ހުރިހާ މަސައްކަތެއްކުރުން.

ތަޢުލީމީ ރޮނގު:

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އައިޓީ / ޤާނޫނީ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އައިޓީ އަދި ޤާނޫނީ ދާއިރާ

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމު.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި،  އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހަޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވަ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ، އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.
  11. އަލަށް ވަޒީފާއާގުޅޭ މީހުން، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

 

ސުންގަޑި:

27 އޮގަސްޓް 2020 ވަނަ ދުވހަގެ 13:45ގެ ކުރިން ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި ، ތަޖުރިބާއާއި ، މަސައްކަތަށް ބޭނުންވާ ހުނަރާއި ، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ :-

  • ލިބިފައިވާ ތަޢުލީމް: %30
  • މަސައްކަތުގެ ތަޖުރިބާ:
  • އިންޓަރވިއު %50
  • މަސައްކަތަށް ބޭނުންވާ ހުނަރު:

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ދިވެހި ބަހުގެ ހަމަތަކާއި، އުޞޫލުތަކާއި އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލްކަން ހުރުން.
  • ޤާނޫންތަކާއި، ޤަވާޢިދުތަކަށް އަޙުލުވެރިވެފައިވާ ފަރާތަކަށްވުން.
  • އޭ-ލެވެލް ނުވަތަ އޯ-ލެވެލް އިނގިރޭސީން ފާސްވެފައިވާ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި ، ޙާޟިރީ އާއި މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މަޤާމަށް އެދި ލައްވާ ފަރާތްތަކުން ފުރުއްވާންޖެހޭ ވަޒީފާއަށް އެދޭ ފޯމް ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓްގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: (www.judiciary.gov.mv( އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ: 6840141 އެވެ.
       

                           21 ޛުލްޙިއްޖާ  1441

                                11 އޮގަސްޓް  2020

 

 

ޙުސައިން ޝިޔާމް

 ކޯޓް އެޑްމިނިސްޓްރޭޓަރ

11 އޮގަސްޓް 2020
ހޯދާ