މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ގޯތިތަކުގެ އިންފާރު ބުޑުގައި ގަސްއިންދާ ހެއްދުމާއި ގުޅޭ

 

 

 

                             ނަންބަރ: IUL)285-D/285/2020/39)

އިޢުލާން

ރަށުގެ ގޯތިތަކުގެ އިންފާރުބުޑުގައި ގަސްއިންދާ ހެއްދުމާއި ގުޅޭ

          ރަށުގެ ރައްޔިތުންނަށް ރަށުން ދޫކުރާނެ ދަނޑުބިން ނެތުމުންނާއި، ތަފާތު އެކި ވައްތަރުގެ ގަސް އިންދާނެޖާގަ ގޯތިތެރެއިން ލިބެން ނެތުމާއި ގުޅިގެން، އެ ގެއެއްގެ ގޯތީގެ މަގުމަތީ އިންފާރު ބުޑުގައި ކޮޕީގަހާއި، މިރުސްގަހާއި، ލެޓިވްސް ފަދަ ގަސްތައް އިންދުމުގެ ހުއްދަ ދިނުމަށް ކައުންސިލުންވަނީ ނިންމަވާފައެވެ. ވީމާ މިއަދުން ފެށިގެން، މަތީގައި ދެންނެވިފައިވާ ގަސްތައް ހެއްދުމުގެ ހުއްދަ ދީފީމެވެ. އަދި ގޭގެ މަގުމަތީ އިންފާރު ބުޑުގައި ގަސް އިންދާ ހައްދާ އުޞޫލާ ޚިލާފަށް ގަސްއިންދާ ހައްދާ ފަރާތްތަކާމެދު ފިޔަވަޅުއެޅެމުންދާނެ ވާހަކަ ދަންނަވަމެވެ. މަގުމަތީ އިންފާރު ބުޑުގައި ގަސްއިންދުމުގެ އުސޫލު މި އިޢުލާނާއިއެކު ޢާއްމު ކުރެވިފައި ހުންނާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

22 ޛުލްޙިއްޖާ 1441

                      12 އޮގަސްޓް 2020                                                                     

                        އާދަމް ސަމީރު

                                  ހެނބަދޫ ކައުންސިލްގެ ރައީސް

 

12 އޮގަސްޓް 2020
ހޯދާ