އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން މިކޯޓުގައި ޝަރީޢަތްތައް 2 ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމުން

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް 19) އިން ރައްކާތެރިވުމުގެ ގޮތުން، ކޯޓުން ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި އަދި މިކޯޓުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 12 އޮގަސްޓް 2020 ވަނަ ދުވަހުން ފެށިގެން މިކޯޓުގައި ޝަރީޢަތްތައް 2 ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން ފުރަތަމަ ދަންފަޅީގައި މި ކޯޓުގެ B1 ސެކްޝަންގެ ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 08:00 އިން 14:00 އަށެވެ. އަދި ދެވަނަ ދަންފަޅީގައި މި ކޯޓުގެ B4 ސެކްޝަންގެ ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 14:00 އިން 22:00 އަށެވެ. ވީމާ، މިކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ. 

11 އޮގަސްޓް 2020
ހޯދާ