ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

 

ނަންބަރ:R-2020/41B

އިޢުލާން

މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ކުރެވުނު އިޢުލާން ނަންބަރާ R-2020/41A ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބާއްވަން އިޢުލާން ކުރެވުން ތާރީޙް ކޮވިޑްއާއި ގުޅިގެން ބަންދު ދުވަހަކަށް ވުމުން އެއިޢުލާނު ބާތިލްކޮށް އަލުން ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

މި ކުންފުނީގެ ކ. މާފުށި އިންޖީނުގޭ ގައިހުރި މި ދަންނަވާ ތަކެތި ވިއްކާލަން ބޭނުންވެއެވެ.

-    80 ކަޅުތެޔޮ ފީފާ (ބޭނުންކޮށްފައިވާ ކަޅުތެޔޮ )

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން  13 އޮގަސްޓް 2020 ވާ  ބުރާސްފަތި ދުވަހުގެ 10:30 ށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 19 އޮގަސްޓް 2020 ވާ  ބުދަ ދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މި ތަކެތި ވިއްކާލެވޭނީ އެކަށީގެންވާ އަގެއް ހުށަހަޅާފައިވާނަމައެވެ. އަދި މިތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީއަގު ހުށަހަޅުއްވާ ފަރާތަކަށް އެކަން އަންގާތާ 2 ދުވަސް ތެރޭގައި ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ވިއްކާލުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. މި ތަކެތި ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުއްވުން އެދެމެވެ.

                               19 ޛުލްޙިއްޖް 1441

09 އޮގަސްޓް 2020
ހޯދާ