މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ކޮމްޕެނީ ސެކްރެޓަރީ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފެއް ބޭނުންވެއެވެ.

މަޤާމް:

ކޮމްޕެނީ ސެކްރެޓަރީ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 2 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު)

މުސާރަ އާއި އިނާޔަތްތައް:        

  • 42,000 ރ (މަހަކު)
  • ކޮމްޕެނީ ސެކްރެޓަރީ އެލަވަންސް
  • މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓަވަރ

ޝަރުޠު                 

  • ބިޒްނަސް، އެކައުންޓިންގ ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ކޯޕަރޭޓް ގަވަރނަންސް ގެ މާއްދާ ހިމެނޭ ފަދަ އެމް.އެން.ކިއު.އެފް ލެެވެލް 7 ގެ ކޯހެއް ފުރިހަމަކޮށް ސަނަދު ލިބިފައިވުން.
  • މަދު ވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެއިގެ ތެރެއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންވާނީ ކޯޕަރޭޓް ވިޔަފާރީގެ މާހައުލެއްގައެވެ. އަދި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންވާނީ މެނޭޖްމަންޓްގެ މަޤާމެއްގައެވެ.
  • މީހުނާއި މުޢާމަލާތްކޮށް ޚިޔާލު ބަދަލުކުރުމުގެ ހުނަރު މަތީ ދަރަޖައަކަށް ލިބިފައިވުމާއި، ޢާންމު ތަންތަނުގައި ވާހަކަ ދެއްކުމާއި އަދި ޕްރެޒެންޓޭޝަން ދިނުމުގެ ހުނަރު ލިބިފައިވުން.
  • ކޯޕަރޭޓް ގަވަރނަންސް އާއި، ބަޖެޓިންގ އާއި، ސޭލްސް އާއި، އެކައުންޓިންގ އަދި ބިޒްނަސް ޑިވެލޮޕްމަންޓް ގެ ދާއިރާތަކުގައި މަސައްކަތް ރާވައި ހިންގުމުގެ ތަޖުރިބާ ހުރުން.
  • މަޤާމަށް ބޭނުންވާ ޓެކްނިކަލް ހުނަރާއި ޢިލްމު ލިބިފައިވުން.
  • އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ޢާންމުންގެ އިތުބާރު ދެމެހެއްޓޭ ފަދަ ފަރާތަކަށް ވުން.
  • އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ސީ.އެމް.ޑީ.އޭ އިން ކުރިއަށްގެންދާ ކޮމްޕެނީ ސެކްރެޓެރީ ޓްރެއިނިންގ ކޯސް ފުރިހަމަކޮށްފައިވުން.
  • ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގައި މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކޮށްފައިވުން.  
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ޙުކުމާއި އެއްގޮތަށް އަދާކުރަމުން ނުދާ ސާބިތު ދަރަންޏެއް ނެތުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ނަންބަރު: 10/96)، އާއި މާލީ ސެކިއުރިޓީޒް އާބެހޭ ޤާނޫނު (ނަންބަރު: 2/2006)، އާއި ކަމާބެހޭ އެންމެހާ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އަަދި ކުންފުނީގެ ހިންގާ ޤަވާޢިދާއި އެއްގޮތަށް ކޮމްޕެނީ ސެކްރެޓެރީއެއްގެ ދައުރު އަދާކުރުމާއި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އަދި ޙިއްޞާދާރުންގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި، ކޯޕަރޭޓް ގަވަރނަންސްގެ ކަންކަމުގައި ޑިރެކްޓަރުންގ ބޯޑަށް ލަފާދިނުމާއި، ކުންފުނީގެ ފަރާތުން ރަސްމީ އިދާރާތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ކޯޕަރޭޓް ލިޔެކިޔުންތައް ހުށަހެޅުމާއި، އެފަދަ ކަންކަމުގައި އެއިދާރާތަކާއި މުޢާމަލާތްކުރުމާއި، ކުންފުނީގެ ޙިއްޞާދާރުންގެ ޙިއްޞާތަކުގެ ލިޔެކިޔުންތަކާއި، ފައިސާ އާއި މަޢުލޫމާތު އަދި އެކަންކަން ބެލެހެއްޓުމައް ޤާއިމުކޮށްފައިވާ ވިއުގަ ބެލެހެެއްޓުމާއި، އަދި ކޮމްޕެނީ ސެކްރެޓެރީ ޑިވިޜަންގެ އިދާރި ހިންގުމުގެ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުން.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 16 އޮގަސްޓް 2020 ން 27 އޮގަސްޓް 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮގަސްޓް 2020  ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް ޑިވިޜަނުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001144 / 3001141 

އީމެއިލް: [email protected]         

އިތުރު މަޢުލޫމާތު:

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

06 އޮގަސްޓް 2020

06 އޮގަސްޓް 2020
ހޯދާ