ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

 

ނަންބަރު:R-2020/37B  

އިޢުލާން

މި ކުންފުނީގެ 2 ލިފްޓް ( މިހާރުވެސް ބޭނުން ކުރަމުންދާ / ބްރޭންޑް: މިޓްސުބިޝީ / ކެޕޭސިޓީ: 450kg) ސިޓީލާ ނީލަމުގައި ވިއްކާލަން ކުރެވުނު އިޢުލާން  R-2020/37A  ނަންބަރާ ގުޅިގެން، ނީލަން ސިޓީ ހުށަހެޅުމުގެ މުއްދަތު 11 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 11:30 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި 22 ޖުލައި 2020 ގައި ބޭއްވުނު މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ތަކެތި ވިއްކާލެވޭނީ އެކަށީގެންވާ އަގެއް ހުށަހަޅާފައިވާނަމައެވެ. އަދި މިތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީއަގު ހުށަހަޅުއްވާ ފަރާތަކަށް އެކަން އަންގާތާ 2 ދުވަސް ތެރޭގައި ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ވިއްކާލުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 11 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މި 2 ލިފްޓް ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުއްވުން އެދެމެވެ.

                                                                    15 ޛުލްޙިއްޖާ 1441    

    

              

06 އޮގަސްޓް 2020
ހޯދާ