މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްގެ ބޭނުމަށް މޭޒުތަކުގައި ޕާޓިޝަން ޖެހުމާއި ގުޅޭ

23 ޖުލައި 2020 ގައި ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްގެ މަޝްރޫޢެއްގެ ދަށުން މޭޒުތަކުގައި ޕާޓިޝަން ޖެހުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ޝާއިޢުކޮށްފައިވާ (IUL)438-GCF/438/2020/128 ނަންބަރު އިޢުލާނުގައިވާ ގޮތުން ޕްރީ-ބިޑް މީޓިންގ ބާއްވަން ހަމަޖެހިފައިވަނީ 06 އޮގަސްޓް 2020 އެވެ. ނަމަވެސް، މި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ހަމަޖެއްސުމާ ގުޅިގެން، ޕްރީ ބިޑް މީޓިން 11 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 11:30 ށް ބަދަލުކުރެވިފައިވެއެވެ. އަދި ބިޑް ރަޖިސްޓްރޭޝަން 13 އޮގަސްޓް 2020 ވަނަަ ދުވަހުގެ 14:00 އަށް ބަދަލުކުރެވިފައިވެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓު 2020 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކަން އާއްމުކޮށް އަންގާ އިއުލާނުކުރަމެވެ.  ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ވެސް އިސްވެ ދެންނެވުނު ތާރީޚާއި ވަގުތެވެ.

04 އޮގަސްޓް 2020
ހޯދާ