މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
(ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓް އިން ހިންގާ މަޝްރޫޢެއްގެ ދަށުން 6 ރަށެއްގައި 10 މީޓަރުގެ އެންޓަނާ ޖެހުމަށް ބޭނުންވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ)

ބީލަން ހުޅުވުން ފަސްކުރުން

23 ޖުލައި 2020 ގައި ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްގެ މަޝްރޫޢެއްގެ ދަށުން 6 ރަށެއްގައި 10 މީޓަރުގެ އެންޓަނާ ޖެހުމަށް ބޭނުންވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ޝާއިޢުކޮށްފައިވާ (IUL)438-GCF/438/2020/131 ނަންބަރު އިޢުލާނުގައިވާ ގޮތުން ޕްރީ-ބިޑް މީޓިންގ ބާއްވަން ހަމަޖެހިފައިވަނީ 04 އޮގަސްޓް 2020 އެވެ. ނަމަވެސް، މި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ހަމަޖެއްސުމާ ގުޅިގެން، ޕްރީ ބިޑް މީޓިން 10 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 09:00 ށް ބަދަލުކުރެވިފައިވެއެވެ. އަދި ބިޑް ރަޖިސްޓްރޭޝަން ހަމަ އެދުވަހުގެ 14:00 އަށް ބަދަލުކުރެވިފައިވެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓު 2020 ވާ އަންގާރަ ދުވަހުގެ 10:00 ގައި ކަން އާއްމުކޮށް އަންގާ އިއުލާނުކުރަމެވެ.  ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ވެސް އިސްވެ ދެންނެވުނު ތާރީޚާއި ވަގުތެވެ.

04 އޮގަސްޓް 2020
ހޯދާ