ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

ނަންބަރު:R-2020/37A

 

އިޢުލާން

މި ކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ކުރެވުނު 37/2020-R އިޢުލާން ނަންބަރާ ގުޅިގެން އެކަށީގެންވާ އަގެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

މި ކުންފުނީގެ މި ދަންނަވާ ތަކެތި ވިއްކާލަން ބޭނުންވެއެވެ.             

-   2 ލިފްޓް ( މިހާރުވެސް ބޭނުން ކުރަމުންދާ / ބްރޭންޑް: މިޓްސުބިޝީ / ކެޕޭސިޓީ: 450kg)

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 22 ޖުލައި 2020 ވާ ބުދަ ދުވަހުގެ 11:00 ށް މި ކުންފުންޏަށް ވަޑައިގެން މި ލިފްޓް ބައްލަވާ،  މައުލޫމާތު ސާފު ކުރެއްވުމަށް އެދެމެވެ. އަދި ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 04 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މި ތަކެތި ވިއްކާލެވޭނީ އެކަށީގެންވާ އަގެއް ހުށަހަޅާފައިވާނަމައެވެ. އަދި މިތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީއަގު ހުށަހަޅުއްވާ ފަރާތަކަށް އެކަން  އަންގާތާ 2 ދުވަސް ތެރޭގައި ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ވިއްކާލުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

މި 2 ލިފްޓް ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުއްވުން އެދެމެވެ.

                                         28 ޛުލްޤައިދާ 1441

19 ޖުލައި 2020
ހޯދާ