ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިޔުން

އަލަށް ދޫކުރެވިފައިވާ ގޯތިތަކާއި ގުޅިފައިވާ މަގުތަކާއި އަދި އެހެނިހެން ސަރަޙައްދުތަކުން ކަނޑާފައިވާ ރުއްގަސް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭނީ 24 ޖުލައި 2020 ވާ ހުކުރު ދުވަހުގެ 14:00 ގައި ކުރިނބީ ހެލްތްސެންޓަރު ގެ އުތުރަށް އޮންނަ މަގުގެ ސަރަހައްދުންނެވެ.

ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 24 ޖުލައި 2020 ވާ ހުކުރު ދުވަހުގެ 14:00 އަށް ނީލަން ކިއުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަޑައިގެންދެއްވުން އެދެމެވެ. މިކަމާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރ 6520036 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުލައި 2020
ހޯދާ