ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީކުރުމާއި ރަށުގައި މިހާރު އުޅެމުންދާ ބިދޭސީންނާ ގުޅޭ

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ) ގެ 22 ވަނަ މާއްދާގެ (ހބ) އަށް ރިޢާޔަތްކޮށް، މިރަށުގައި މިހާރު މަސައްކަތްކުރާ ބިދޭސީންނާއި މަސައްކަތްކުރުމަށް އަންނަ ބިދޭސީންނާ ގުޅޭގޮތުން މި ކައުންސިލުން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

  • ވޯކްވިސާ ނެތް ބިދޭސީންނާއި ވޯކްވިސާ އޮތް ނަމަވެސް ހަވާލުވާނެ ފަރާތެއް ނެތް ބިދޭސީންނަށް 13 އޮގަސްޓް 2020 ގެ ފަހުން މިރަށުގައި ނޫޅެވޭނެއެވެ. އަދި ވޯކް ވިސާ އޮތް ބިދޭސީންނާ ޙަވާލުވާން ބޭނުންވާ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި އެފަރާތްތަކާ ހަވާލުވާނޭކަމަށް ލިޔުމުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަދި ބިދޭސީންނާ ހަވާލުވާ ފަރާތަކީ މިރަށުގެ ތަނެއްގެ ނަމުގައި ކޯޓާ އޮތް ފަރާތަކަށް ވާންޖެހޭނެއެވެ. އަދި މިރަށުގައި އެކި ޕްރޮޖެކްޓްތައް ހިންގުމަށް އައިސްއުޅޭ ކުންފުނިތަކުން ގެނެސްގެންއުޅޭ ބިދޭސީންނާ ކުންފުނިން ހަވާލުވާނެކަމުގެ ލިޔުން މި މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
  • ވޯކްވިސާ އޮތް ފަރާތްތަކުގެ ތެރެއިން އެހެން ފަރާތެއްގެ ބެލެނިވެރިކަމަށް ބަދަލުވާ ބިދޭސީން، އެފަރާތްތަކުގެ ކޯޓާގެ ދަށަށް ބަދަލުކޮށް، ލިޔުންތަކާއެކު 30 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް މި ކައުންސިލަށް ހުށަހަޅަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ޤަވާއިދާ އެއްގޮތަށް ބަދަލުނުވާ ބިދޭސީންނަށް ރަށުގައި ނުތިބެވޭނެއެވެ.
  • މީގެ ފަހުން މިރަށަށް ބިދޭސީއަކު ގެނެވޭނީ ބިދޭސީ މީހާ ގެނައުމުގެ ކުރިން އެފަރާތެއްގެ މައުލޫމާތު، ކައުންސިލަށް ހުށަހަޅައި ކައުންސިލުން ލިޔުމުން ހުއްދަ ދިނުމުންނެވެ. އަދި ރަށަށް ގެންނަ ބިދޭސީން ރަށަށް އަންނަތާ 2 ދުވަހުގެ ތެރޭގައި ކައުންސިލްގެ ބިދޭސީންގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ.
  • މިރަށުގައި އުޅޭ ބިދޭސީން ރަށުން ފޮނުވާލެވޭނީ، ކައުންސިލަށް ހުށަހަޅައި ކައުންސިލްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. އަދި އެ ހުއްދަ ހޯދުމަށް ރަށުން ފުރުމުގެ 3 ދުވަސް ކުރިން އެކަމަށް ކަނޑައަޅާފައިވާ ފޯމުން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

20 ޖުލައި 2020
ހޯދާ