ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލީގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އަބުރާ ޤައުމަށް ދާން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

         މަޑަވެލީގައި ޞައްޚަ ލިޔުމެއް ނެތް (ވާރކް ޕާރމިޓް އަދި ވިސާ ކާޑް) ގިނަ ޢަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، މަޑަވެލީގައި ދިރިއުޅެމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިބިދޭސީ ފަރާތްތަކުގެ ތެރޭގައި އަތުގައި ސައްޙަ ލިޔުމެއް ނެތް ބިދޭސީންގެ ތެރެއިން އަބުރާ ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ދިނުމަށް ވަނީ ނިންމާފައެވެ.

          އެހެންކަމުން އަތުގައި ޞައްޚަ ލިޔުމެއްނެތް އަބުރާ ޤައުމަށް ދާންބޭނުންވާ ބިދޭސީންގެ މަޢުލާމާތު 06 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް މިކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ.

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

16 ޖުލައި 2020
ހޯދާ