ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލީގައި މަސައްކަތްކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ!

         ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގެ ނަންބަރު: (R-22 24/2011) ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ. މަޑަވެލީގައި ލިޔެކިޔުމަކާއި ނުލައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތުގައި މި ކައުންސިލްގައި ދަފްތަރު ނުކުރާ ގިނަ ޢަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، މަޑަވެލީގައި ދިރި އުޅެމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މި ކައުންސިލްގައި މިހާތަނަށް ދަފްތަރު ކުރެވިފައި ނުވާ ބިދޭސީ މަސައްކަތްތެރިން 06 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ދަފްތަރުކުރުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

          މި އެންގުމާއި ޚިލާފަށް މަޑަވެލީގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި،އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތް ތެރިން ދަފްތަރު ކުރުމަކާ ނުލައި ޤަވައިދާ ޚިލާފަށް ގެންގުޅޭ ވެރި ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ކަމުގައި އެންގީމެވެ.

16 ޖުލައި 2020
ހޯދާ