އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލްގެ ދަށުން މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުން ބޭނުންވެއްޖެ

އއ.ހިމަންދޫ މަސްޖިދުލްޢުލާ މިސްކިތުގެ ދާއިމި މަސައްކަތުމީހުން ސަލާމް، ޗުއްޓީނެގުމުން މިސްކިތް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް ޕޫލްގެ ދަށުން (ވަގުތީ) މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:                           ވ.މަސައްކަތު

މަސައްކަތް ހަމަޖެހިފައިވާ ތަން:            އއ. ހިމަންދޫ މަސްޖިދުލް ޢުލާ މިސްކިތް

ބޭނުންވާ ޢަދަދު:                      2

ރަށް:                             އއ. ހިމަންދޫ

މުއްދަތު:                          1 އަހަރު ދުވަސް              

އަސާސީ ޝަރުތު    

މަޤާމު

ކުލެސިފިކޭޝަން

ޝަރުތު

މުސާރަ

މަސައްކަތު

ވަގުތީ ( ޕޫލްގެ ދަށުން ) 

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

2. މަޤާމުގެމަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު އެސް.އެސް. 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން

18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައި ވުން.

 

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 45.00ރ ރޭޓުންނެވެ. އަދި ގިނަވެގެން ދުވާލަކު މަސައްކަތް ކުރެވޭނީ 5 ގަޑިއިރުއެވެ.

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:    ކައުންސިލް އިން އަންގާ ގޮތެއްގެ މަތިން މިސްކިތާއި މިސްކިތް ހިމެނޭ ސަރަޙައްދު ފޮޅާ ސާފުކުރުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:              ފޯން:          6660061  

                                 ފެކްސް:         6660061    

                                މެއިލް އެޑްރެސް:   [email protected]

ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންތައްތައް

                         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތައުލީމާއި ހުނަރާއި ތަޖުރިބާ މިންވަރު ، ކަން ކަމުގައި އިސްނެގުމާއި އިސްވެއުޅުން އަދި ރާވާހިނގޭ މިންވަރު، ވަގުތަށް ކަމޭއްހިތުމާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރާމިންވަރު

 

ސުންގަޑި:                     ޝަރުތު ހަމަވާ މީހުން 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހު މެންދުރު 2:00 ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއި އެއްކޮށް އއ. ހިމަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:        - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް ( މިއިދާރާއިން ފޯމް ލިބިވަޑައިގަންނަވާނެ )

                   - ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އެޓެސްޓެޑް ކޮށްފައި

                       - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ

                           ލިޔުންތަކުގެ ކޮޕީ

                         - މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ 

                          - ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނަ ތަނާއި ތާރީޙް 1 ދުވަސް ކުރިން އަންގާނެވާހަކަ ދެންނެވީމެވެ.

ނޯޓް: މި މަޤާމްތަކަށް މީހުން ނެގި ނަމަވެސް މަސައްކަތަށް ނެރެވޭނީ މިހާރު މިސްކިތުގައި ތިބި ދާއިމީ މުވައްޒަފުން ޗުއްޓީ ނަގާ ހާލަތުގައި އެ ދުވަސްތަކަށް އިސްކަންދޭ ތަރުތީބުންނެވެ.

15 ޖުލައި 2020
ހޯދާ