ދިވެހިރާއްޖެ
އިޢުލާނު
މަސައްކަތަށް ހޯދިފައިވާ އެސްޓިމޭޓް ބާޠިލްކޮށް އަލުން އިޢުލާނު ކުރުން:
މިފެކަލްޓީގެ 153-FE/2020/06 ނަމްބަރު ޢިޢުލާނާގުޅިގެން (މިފެކަލްޓީގެ ބަޔޮލޮޖީ ލެބްގެ މަރާމާތު މަސައްކަތަށް) ހޯދިފައިވާ އެސްޓިމޭޓްތައް، ކޮވިޑްއާއި ގުޅިގެން ލޮކްޑައުންވުމުގެ ސަބަބުން ޕްރޮސެސް ނުކުރެވި ދިގުމުއްދަތެއް ފާއިތުވެފައި ވާތީއާ އަދި މަސައްކަތުގެ މަޢުލޫމާތު ކަރުދާހަށް ބަދަލު ގެންނަން ޖެހިފައިވާތީ، މިހާރު ހޯދިފައިވާ އެސްޓިމޭޓްތައް ވަނީ ބާޠިލު ކުރެވިފައެވެ.
ވީމާ މިމަސައްކަތަށް ކުރިމަތި ލައްވަން ބޭނުން ފުޅުވާ ފަރާތްތަކުން 08 ޖުލައި 2020 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިފެކަލްޓީގެ އަމީނީ ބިލްޑިންގަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖުލައި 2020 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ބަލައިގަނެވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މިފެކަލްޓީއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކެވެ.