ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށިން ފުވައްމުލަކަށް ދަތުރުކުރާ އުޅަނދުފަހަރުތަކާއި ގުޅޭ:

ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ތެރެއިން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުން ނަންބަރ 38/2020 ގައި މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށިން ދިވެހިރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް އެކަހެރިކުރުމަށް އަންގަވާފައިވާތީވެ މިދެންނެވި ތަންތަނުން ފުވައްމުލަކަށް އަންނަ ފަރާތްތައް 14 ދުވަހުގެ މުއްދަތައް އެކަހެރިކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހަމަ އެހެންމެ ފުވައްމުލަކަށް މުދާ އުފުލާ އުޅަނދުތަކާއި އަދި މިދެންނެވި ތަންތަނުން އަންނަ އެހެން އުޅަނދުތަކުގެ ފަޅުވެރިން އުޅަނދުގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައި އެކަހެރި ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.އަދި މީގެ އިތުރުން މާލެ ލޯކަލް މާރުކޭޓް ސަހަރައްދުގައި ބަނދަރުކުރާ އޮޑިދޯނިފަހަރުން މާލެއަށް އާރައިފައިވާ ފަރާތްތައް މޮނީޓަރ ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީވެ، އާއްމުންގެ ރައްކާތެރިކަމަށްޓަކައި މިސަރަހައްދުގައި ބަނދަރު ކުރުމަށްފަހު ރަށަށް އަންނަ އުޅަނދުފަހަރުގެ ފަޅުވެރިން ރަށުގެ ބަނދަރުގައި ނުވަތަ ކައުންސިލުން ކަނޑައަޅައި ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަންޖެހޭ ގޮތަށް "ލޮންޑައުން ޓާސްކްފޯސް" އިން ނިންމުމަށްފަހު ކައުންސިލަށް ވަނީ އަންގާފައެވެ.

އެހެންނަމަވެސް، މާލެ ޓީ.ޖެޓީ އަކީ އެތަނަށް ބަނދަރުކުރާ އޮޑިދޯނިފަހަރުން މާލެއަށް އަރާ ފައިބާ ފަރާތްތައް މޮނިޓަރ ކުރަމުން ގެންދެވޭ ތަނަކަށްވާތީ، ރަށަށް އައިސް ކަރަންޓީނުވާން ބޭނުންނުވާ ފަރާތްތަކުން ޓީ.ޖެޓީގައި ބަނދަރު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. މިގޮތުން ޓީ.ޖެޓީ އަށް ބަނދަރުކުރާ އުޅަނދުފަހަރު ފުވައްމުލަކަށް އައިސް އެފަރާތްތަކުން ބަނދަރުކުރީ ޓީ.ޖެޓީގައި ކަން އަންގައިދޭނެ ލިޔުމެއް ކައުންސިލަށް ހުށަހެޅުމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އެކަން ކަށަވަރު ކުރުމަށްފަހު އެއުޅަނދުގެ ފަޅުވެރިން  ކަރަންޓީން ނުކުރާގޮތަށް ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ.

25 ޖޫން 2020
ހޯދާ