މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މިސްކިތް ފޮޅާސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުސޫލުން މިސްކިތް ފޮޅާސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

          މިރަށު މަސްޖިދުލް ނޫރް މިސްކިތް ފޮޅާސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އިޢްލާން ކުރަމެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ  ފަރާތްތަކުން މި މަސައްކަތްތަކުގެ މައުލޫމާތު ފޯމް ބައްލަވައިގެން  2020 މެއި 27 ވާ ބުދަ ދުވަހުގެ 11.00ށް  މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. މައުލޫމާތު ފޯމް  18 މެއި 2020 އިން ފެށިގެން ކައުންސިލް ހުޅުވިފައި ހުންނަ ދުވަސްތަކުގެ 10.00 ން 12.00 ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މައުލޫމާތު ފޯމްގެ އަގަގީ -/100 (އެއްސަތޭކަރުފިޔާ) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2020 ޖޫން 02 ވާ އަންގާރަ ދުވަހުގެ 11.00ގައެވެ.

         މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތިމު ކައުންސިލް އިދާރާގެ ކޮންފަރެންސް  ރޫމްގައެވެ. މަޢުލޫމާތު  ސާފުނުކުރައްވާ  ފަރާތްތަކަށް  އަންދާސީ ހިސާބު  ހުށައެއްނޭޅޭނެއެވެ. ބަދަލުގައި ހާޒިރުވާ  ފަރާތެއްނަމަ  ވެރިފަރާތުގެ ސިޓީއާއި  ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ  ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

 

 

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %85
  • މަސައްކަތް ކުރުމަށް ބޭނުންވާ މާލީ ޤާބިލްކަން ހުރި މިންވަރު-
  • ތަޖްރިބާ

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

18 މޭ 2020
ހޯދާ