ދިވެހިރާއްޖެ
އިޢްލާން
ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތަކާގުޅޭ
މި މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް 10 މެއި 2020 އިން ފެށިގެން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ވިޔަފާރިއާގުޅޭ ޚިދުމަތްތަކަށް އެދުމަށް ހުށަހެޅޭނީ، މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv ނުވަތަ އީމެއިލް އެޑްރެސް [email protected] .މެދުވެރިކޮށެވެ
ޚިދުމަތްތަކުގެ ތަފްޞީލު
1- ވިޔަފާރި ނަން ފާސްކުރުން
2- ވިޔަފާރި ނަން ރަޖިސްޓްރީކުރުން
3- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން
4- ކުންފުނި ރަޖިސްޓްރީކުރުން
5- ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން
6- ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން
7- ލޯގޯ ރަޖިސްޓްރީކުރުން
8- ސީލް ރަޖިސްޓްރީކުރުން
9- ޓްރޭޑްމަރކް ރަޖިސްޓްރީކުރުން
10- ވިޔަފާރި ޙަރަކާތް ރަޖިސްޓަރީކުރުން
11- ކުންފުނި / ޕާރޓްނަރޝިޕް އުވާލަން ހުށަހެޅުން
12- ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރުން
މީގެ އިތުރުން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1691 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާ ގުޅިގެން، އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.