ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާންމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކުނަހަންދޫ ކައުންސިލުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތުން.

 

އިޢުލާން

 

އާންމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކުނަހަންދޫ ކައުންސިލުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތުން.

 

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 2020/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އިޢުލާންކުރައްވާފައިވާ ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި (ޅ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުއަށް ލިބިދޭ ބާރުގެ ދަށުން، 17 އޭޕްރިލް 2020 އިން 14 ދުވަހަށް އިތުރުކޮށްފައިވާއިރު، މި އަމުރު ތަންފީޒުކުރުމުގެ ގޮތުން 2020 އޭޕްރިލް 19 ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.

އެހެންނަމަވެސް ސަރުކާރުން ވަކިގޮތެއް އަންގަންދެން މި ނާޒުކު ޙާލަތުގައިވެސް މި ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމަކަށްވާތީ، މި ކައުންސިލުން ޚިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

ޚިދުމަތުގެ ބާވަތް

ޚިދުމަތް ލިބިގަންނަ ފަރާތުން ޢަމަލުކުރަންވީގޮތް

ކައުންސިލުން ދޭ އާންމު ކަންކަމުގައި މަޢުލޫމާތު ލިބިގަތުމަށް.

ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް 7955667

ޟަރޫރީ ބެނުންތަކަށް ދަތުރު ހުއްދަ ދޫކުރުން

ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް 7955667

އާންމު ރައްޔިތުންގެ ހިދުމަތްތަކަށް

ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް 7955667

ރައްޔިތުންގެ އަސާސީ ޙިދުމަތްތަކަށް އެހީތެރިވުމަށް

ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް 7955667

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                         04  ރަމަޟާން  1440

27  އޭޕްރީލް 2020

29 އޭޕްރިލް 2020
ހޯދާ