ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތައް ބަދަލުއައިސްފައިވާނަމަ ޖޮބް ސެންޓަރއަށް ފޯމު ހުށަހެޅުމާއި ގުޅޭ

 

އިޢުލާން

 

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތައް ބަދަލުއައިސްފައިވާނަމަ ޖޮބް ސެންޓަރއަށް ފޯމު ހުށަހެޅުމާއި ގުޅޭ

ކޮވިޑު- 19 އާއި ގުޅިގެން ވަޒީފާގެ ހާލަތައް ބަދަލެއް އައިސްފައިވާނަމަ ޖޮބް ސެންޓަރ މެދުވެރިކޮށް ރިޕޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި "ޓެމްޕްރަރީ އަންއެމްޕްލޯއިމެންޓް ބެނިފިޓި" ގެ ގޮތުގައި ސަރުކާރުން 5000.00 (ފަސްހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖައްސަވާފައެވެ. ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަތިވާ ފަރާތްތަކަށް، ޖޮބް ސެންޓަރުގައިވާ، މަޢުލޫމާތު ހުށަހަޅާ ފޯމު މެދުވެރިކޮށް ރިޕޯޓް ކުރެއްވުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ. މިފޯމް ޖޮބްސެންޓަރގެ ވެބްސައިޓު: www.jobcenter.mv ގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  ން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މިއިދާރާ އިން ލިބެން ހުންނާނެ ވާހަކަ ވެސް ދަންނަވަމެވެ.

ތަފާތު ސަބަބުތަކާއި ހެދި  ޖޮބް ސެންޓަރަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަތިވާ ފަރާތްތަކަށް ޖޮބް ސެންޓަރގައިވާ މަޢުލޫމާތު ހުށަހަޅާ ފޯމު މެދުވެރިކޮށް ރިޕޯޓް ކުރެއްވުމުގެ އިންތިޒާމު މިކައުންސިލުން ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

ކައުންސިލް އިދާރާއިން ޙިދުމަތްތަށް ދިނުމަށް ހުޅުވާފައި ހުންނަ ގަޑި އަދި ދުވަސްތަށް

 

  • ދުވަސްތައް : އާދިއްތަ އިން ބުރާސްފަތީގެ ނިޔަލަށް
  • ގަޑި:       ހެނދުނު 10:00 ން 12:30 ށް
  • ފޯނު ނަންބަރު: 7955667، 9637159 
  • ޖޮބް ސެންޓަރ www.jobcenter.mv
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް: www.trade.gov.mv 
  • ކުނަހަންދޫ ކައުންސިލްގެ އިދާރާ:   [email protected]

 

 

 

 

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ
  3. ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ޙާލަތަށް ގެނެވިފައިވާ ބަދަލު ހާމަކޮށްދޭ ލިޔުމުގެ ކޮޕީ
  4. ފާއިތުވި ތިން މަސްދުވަހު މުސާރަ ދިންކަން ހާމަކޮށްދޭ ލިޔުމެއް (ޕޭ ސްލިޕް) ގެ ކޮޕީ
  5. ފާއިތުވި ތިންމަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ގެ އަސްލު

ވީމާ، ތަފާތު ސަބަބުތަކާއި ހުރެ ޖޮބް ސެންޓަރަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ދަތިވާ ފަރާތްތަކަށް ޖޮބް ސެންޓަރގައިވާ މަޢުލޫމާތު ހުށަހަޅާ ފޯމު މެދުވެރިކޯށް ރިޕޯޓް ކުރެއްވުމުގެ އިންތިޒާމް 30 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން މަތީގައި ދެންނެވިފައިވާ ދުވަސްތަކުގައި މިކައުންސިލް އިދާރާއަށް ދުރުވެ ފޯމު ފުރުމުގެ ކަންތައް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                      04  ރަމަޟާން  1440

27  އޭޕްރީލް 2020

29 އޭޕްރިލް 2020
ހޯދާ