އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
• އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު:

 އއ. ހިމަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.       

    މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން

  ބީލަން ހުށަހެޅުމުގެ ޝައުޤުވެރިވެލައްވާ  ފަރާތްތަކުން އއ. ހިމަންދޫ ކައުންސިލަށް ރަޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިފެން 7 މެއި 2020 އާއި ދެމެދު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 13:00 އާއި ދެމެދުއެވެ. މިދުވަސްވަރަކީ ކޯވިޑް -19 އާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއްކަށްވާތީ މިކައުންސިލް އިދާރާގެ ސެކެރެޓެރީ ޖެނަރަލް އަލްފާޟިލާ ފާޠިމަތު ޝަނާޒް ފޯނު  ނަންބަރ 9147185 އާއި ގުޅުއްވާ ބީލަށް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  އއ. ހިމަންދޫ ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ  ނުކުރާ ފަރަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯނާނެވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:         

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 14 މެއި 2020 ވާ ( ބުރާސްފަތި ) ދުވަހުގެ 11:00 ގައި އއ. ހިމަންދޫ ކައުންސިލްގެ އިދާރާ އއ. ހިމަންދޫ ދިވެހިރާއްޖޭގައިއެވެ.

 

 

ބިޑް ހުޅުވުން

މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 21 މެއި 2020 ވާ ( ބުރަސްފަތި ) ދުވަހުގެ 11:00 ގައި އއ. ހިމަންދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ.

އިތުރު މައުލޫމާތު ސާފުކުރުން.

މިމަސައްކަތާއި ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ- މެއިލް ކުރައްވާނި 21 މެއި 2020 ވާ ( ބުރާސްފަތި ) ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

[email protected]

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޭޕްރިލް 2020
ހޯދާ