ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް އިންތިޒާމްކުރާ ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނުގެ ސަބްޖެކްޓް އޭރިއާތައް ޢާންމުކޮށް އިޢުލާނުކުރުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް އިންތިޒާމްކުރާ ބާ އިމްތިޙާނުގައި ސުވާލުތައް އަންނާނެ މައިގަނޑު ސަބްޖެކްޓް އޭރިއާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަނިވި ދާއިރާތަކެވެ. 

  1. ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ
  2. ކޮންޓްރެކްޓް ލޯ
  3. ކްރިމިނަލް ލޯ
  4. ޓޯޓް ލޯ
  5. ލޭންޑް / ޕްރޮޕަރޓީ ލޯ
  6. މޯލްޑިވިއަން ލީގަލް ސިސްޓަމް 

ބާ އިމްތިޙާނަށް ރަޖިސްޓަރީކުރުން

މި އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 1 އޮގަސްޓް 2020 ގެ ކުރިން ބާ ކައުންސިލުގައި، އެކަމަށް ކަނޑައެޅޭ ފޯމު މެދިވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. 

ބާ އިމްތިޙާނުގެ ރެޖިސްޓްރޭޝަނާބެހޭ މަޢުލޫމާތާއި، އިމްތިޙާނުގެ މުޤައްރަރާއި، އިމްތިޙާނު ދޭނެ ގޮތާއި، އިމްތިޙާނު އޮންނާނެ ތާރީޚް އިޢުލާނުކުރެވޭނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. 

މިއަހަރުގެ ނޮވެމްބަރު މަހު މި އިމްތިޙާނުގައި ބައިވެރިވުމަށް ޤަސްދުކުރައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

23 އޭޕްރިލް 2020
ހޯދާ