މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ވާރކް ވީޒާ އަދި އެހެނިހެން ވީޒާ ތަކުގައި ރާއްޖޭގައި އުޅެމުންދާ ފަރާތްތަކަށް ޚިދުމަތް ދިނުމާއިގުޅޭ

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 19 މާރިޗް 2020 އިން ފެށިގެން ސަރުކާރުގެ އިދާރާތައް ބަންދުކުރުމަށް ނިންމާފައިވުމާއެކު، މި މުވައްސަސާއިން ދެމުންގެންދާ ބައެއްޚިދުމަތްތައް ވަނީ މެދުކަނޑާލެވިފައެވެ. އެހެންނަމަވެސް، ރާއްޖޭގައި އުޅެމުންގެންދާ ގިނަ އަދަދެއްގެ ބިދޭސީންގެ ވީޒާއާއި ގުޅުންހުރި ކަންތައްތައް ފުރިހަމަ ކުރުމުގައި ދަތިވަމުންދާތީވެ، 12 އޭޕްރީލް 2020 (އާދީއްތަ) އިން ފެށިގެން ވާރކް ވީޒާ އަދި އެހެނިހެން ވީޒާ ދޫކޮށްފައިވާ ފަރާތްތަކުގެ ވީޒާ އައުކޮށްދިނުމުގެ މަސައްކަތް ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މިގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އާންމުކޮށްފައިވާ ގޮތުގެ މަތިން އިޖްތިމާޢީ ގައިދުރުކަން (physical distance) ބަހައްޓައިގެން ކަމަށްވީ ހިނދު، ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކުން މިކަމަށް ޙާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، މަސައްކަތްތައް ރޭވިފައިވާ ގޮތްތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހަނދާންކޮށްދެމެވެ.

ވާރކް ވީޒާގެ ޚިދުމަތްތައް

ޚިދުމަތް

ކަނޑައެޅިފައިވާ ވަގުތު

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާރކްވީޒާއާއި ގުޅުންހުރި ޚިދުމަތް ތަކަށް އެދުން

ހެނދުނު 09:00 އިން 13:00 އަށް

ވީޒާ ޖެހުމަށްފަހު ޕާސްޕޯޓް ދޫކުރުން

ހެނދުނު 09:10 އިން 12:00 އަށް

ނޯޓް:ވީޒާއަށް އެދި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމެންޓު ދޫކުރާނީ ހެނދުނު 09:10 އާއި 12:00 އާއި ދެމެދުގެ ގަޑިތަކަށެވެ.

 

ވާރކް ވީޒާގެ ފިޔަވައި އެހެނިހެން ވީޒާގެ ޚިދުމަތްތައް 

ޓޫރިސްޓު ވީޒާ އަދި ބިޒްނަސް ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ގަވާއިދުން ފެށުމުން، ފުރައިގެންދިއުމަށް އެދޭ ފަރާތްތައް ވީޒާ އައުކުރުމަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި މި ފަރާތްތަކުން، IM34 ފޯމް (އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ) ފުރިހަމަ ކުރުމަށްފަހު، ފުރަން އެއަރޕޯރޓަށް ވަޑައިގަތުމުން ފުރޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. ނަމަވެސް 19 މާރޗް 2020 ގެ ކުރީގެ ތާރީޚަކަށް ވީޒާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކުރެވިފައިވާ ވިޒާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާފަރާތްތަކުން ވީޒާ އައުކުރުމަށްއެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މިގޮތަށް މެއިލް ކުރާ ފަރާތްތަކަށް ވީޒާ ޖެހުމަށް ޕާސްޕޯރޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށްފަހު، އެ މަޢުލޫމާތު މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. 

 

       އަދި ދަންނަވަމެވެ. އެޕޮއިންޓްމަންޓު ދެވިފައިވާ ފަރާތްތައް ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި ޚިދުމަތްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ފޯނު ނަންބަރު: 9199153 (ވާރކްވީޒާ) އަދި 9199157 (ވާރކްވީޒާ ފިޔަވައި އެހެނިހެން ވީޒާ) އާއި ގުޅުއްވުމަށާއި އަދި އަތޮޅު ތެރޭގައި ހުރި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތަކުން ވީޒާ އާއި ގުޅުންހުރި ޚިދުމަތެއް ބޭނުންފުޅުވާނަމަ، އިސްވެ ދެންނެވުނު ނަންބަރުތަކަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ.

10 އޭޕްރިލް 2020
ހޯދާ