އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ނީލަން

އިޢުލާން

 މި ކޯޕަރޭޝަންގައި ހުރި ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  1. 16 ބިއްލޫރި ޕާޓިޝަން (އެލްމިނިއަމް ފްރޭމާއެކު)
  2. 08 ބިއްލޫރި ދޮރު (އެލްމިނިއަމް ފްރޭމާއެކު)
  3. 01 ކިޗަން ކެބިނެޓް (4 ދޮރުފަތް، 3 ޑްރޯވަރ ހިމެނޭ)

ވީމާ، މިތަކެތި ބައްލަވައިގަތުމަށް، ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 14 އެޕްރީލް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް:[email protected] އަށް ނަމާއި އައިޑީ ކާޑު ނަންބަރު ފޮނުއްވައިގެން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި 15 އެޕްރީލް 2020 ވާ ބުދަ ދުވަހުގެ 11:00 އަށް އެސްޑީއެފްސީ (ހ.ސަކީނާ މަންޒިލް، 03 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު) އަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ.

މި ތަކެއްޗަކީ މި ކޯޕަރޭޝަންގެ އޮފީސް މިހާރު ހިނގަމުންދާ އިމާރާތުގައި ހަރުކުރެވިފައިވާ ތަކެއްޗަށްވުމުން، މިތަކެތި ނެއްޓުމާއި ގެންދިއުމުގެ އިންތިޒާމް އަދި އެކަމަށް ހިނގާނެ ޚަރަދުވެސް ހަމަޖައްސާނީ ނީލަން ކާމިޔާބުކުރާ ފަރާތުންނެވެ. މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާ ލިޔުމުގައި ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގު ހިމެނިފައިވާނެއެވެ.

09 އޭޕްރިލް 2020
ހޯދާ