ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ހުރި ގޮތަށް ބަލައި، ކާބޯ ތަކެތީގެ ތެރެއިން ބައެއްތަކެތީގެ އަގު ސަރުކާރުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. ވީމާ ތިރީގައިވާ ލިސްޓްގައިވާ ތަކެތި މިއަދުން ފެށިގެން އެންމެ ބޮޑުކޮށް ވިއްކޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ކަނޑައަޅައި ފައިވާ އަގުތައް އެވަނީއެވެ.
ތަފްޞީލު |
ވިއްކޭނެ އެންމެ މަތީ އަގު ( ރުފިޔާ ) |
|
1 ކިލޯގްރާމް އާދައިގެ ރަތް ފިޔާ |
20.00 |
|
1 ކިލޯގްރާމް އާދައިގެ އަލުވި |
20.00 |
|
1 ކިލޯގްރާމް ރީނދޫ މުގު |
45.00 |
|
1 ހުދު ކުކުޅު ބިސް |
1.80 |
|
ކާޑުގެ ބާވަތް |
ވިއްކާ އަގު ( ކިލޯއެއް ) |
ބަސްތާ |
ހަނޑޫ |
4.80 ( ހަތަރު ރުފިޔާ އަށްޑިހަ ލާރި ) |
240.00 |
ހަކުރު |
4.82 ( ހަތަރު ރުފިޔާ އަށްޑިހަ ދެލާރި ) |
241.00 |
ފުއް |
3.80 ( ތިން ރުފިޔާ އަށްޑިހަ ލާރި ) |
190.00 |
މަތީގައި ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލް ކޮށްފައިވާ މުދަލެއް ވިއްކާފިނަމަ، ޚިލާފުވާ ފުރަތަމަ ފަހަރު، އެފަރާތް ގިނަވެގެން 100،000 ( އެއްލައްކަ ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުށް ތަކުރާރު ކުރާނަމަ ކޮންމެ ފަހަރަކު 100،000 ( އެއްލައްކަ ) ރުފިޔާއިން ޖޫރިމަނާކޮށް، ވިޔަފާރި ކުރާތަން 6 ( ހައެއް ) މަސް ދުވަހައްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުމަށް އެންގޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިޢުލާނުން ވަނީ އަންގާފައެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.