ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިހަވަންދޫގެ ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ހުންނަ ގަޑިތައް
މުޅި ދުނިޔޭގައިވެސް މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ދިވެހިރާއްޖެއިންވެސް ފެނިފައިވުމާއެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އާއްމު ވިޔަފާރިތައް ހުޅުވާފަ ހުންނަ ވަގުތުތައް ތިރީގައި މި ދަންނަވާ ގޮތައް ( މިއަދު ) 19 މާރޗް 2020 ފެށިގެން ބަދަލުކޮށްފީމެވެ.
- ހެނދުނު 8:00 އިން 11:00 އަށް
- ހަވީރު 4:00 އިން 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
މި ގަޑި ތަކުގައި ވިޔަފާރި ކުރަން ދުރުވާއިރު ގުރޫޕް ހަދާފައި ނުދިޔުމާއި، ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތަކުން ފިހާރަތަކަށް ނުދިޔުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި ތަކެތި ގަތުމުގައި ގިނައިން ގަނެ ރައްކާކުރުމުގެ ބަދަލުގައި އާއްމު އުސޫލުން 5 ދުވަހަށް ވާ ވަރަށް ތަކެތި ގަންނަމުން ދިއުމަށްވެސް ދަންނަވަމެވެ.
19 މާރިޗު 2020
ހޯދާ