ދިވެހިރާއްޖެ
އިޢުލާން
މިއޮފީހަށް ބޭނުންވާ ނެޓްވޯކް އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ތިންވަނަ ފަހަރަށް ކުރި ނަންބަރު (IUL)14-PR/1/2020/11 (11 މާރިޗު 2020) އިޢުލާންގައި އަންދާސީހިސާބު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ދުވަސް (19 މާރިޗު 2020 ވަނަ ދުވަހުގެ 13:00) ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އަންދާސީހިސާބު ހުށަހަޅާ ދުވަސް ފަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިގޮތުން، ގެނެވުނު ބަދަލާއެކު މިހާރު އަންދާސީހިސާބު ހުށަހަޅަންޖެހޭ ދުވަހަކީ 30 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 13:00 އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ކަސްޓަމްސް ހެޑްއިފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 ނުވަތަ 7946663 ފޯނަށް ގުޅުއްވުން އެދެމެވެ.