ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމަށް

ހއ.ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

             ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗު 17 ވާ އަންގާރަ ދުވަހުން ފެށިގެން 2020 މާރިޗު 25 ވާ ބުދަދުވަހުގެ ނިޔަލަށް ފިއްލަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރުމަށް ހަމަޖެހިފައިވަނީ  ރަސްމީ ކޮންމެދުވަހު ހެނދުނު 9:00 ން 13:00އަށް މިޕްރޮޖެކްޓުގެ ޓެންޑަރ ޑޮކިއުމެންޓްގެ ސޮފްޓްކޮޕީ (ސީޑީގައި) ދޫކުރެވޭނެވެ. އަދި 2020 މާރިޗު 29 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ޕްރީބިޑް ސެޝަނެއް މިއިދާރާގައި އޮންނާނެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2020 އެޕްރީލް 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.  

            އަދި، މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ހުށައަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބުހުށައަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް ގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށައަޅާ އަންދާސީ ހިސާބުތަކާއި، ރަޖިސްޓްރީކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ރަޖިސްޓްރީކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

      މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2020 މާރިޗު 29 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އިޢުލާންކުރީމެވެ.

                       21 ރަޖަބު 1441    

                     16 މާރިޗު 2020  

16 މާރިޗު 2020
ހޯދާ